ލޯންޗެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެ

ރ. އުނގޫފާރުން ފުރައިގެން ށ. މިލަންދުއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މިކަމާއި ގުޅޭގޮތުން ސަލާމަތީ ޚިދުމަތަކުން އަދި އަޕްޑޭޓެއް ހިއްސާކޮށްފައެއް ނުވެއ...

30 Jan 2025 | 14:20

ރ. އުނގޫފާރުން ފުރައިގެން ށ. މިލަންދުއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ސަލާމަތީ ޚިދުމަތަކުން އަދި އަޕްޑޭޓެއް ހިއްސާކޮށްފައެއް ނުވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އަސުރަށްފަހު ދަތުރުފެށި އެ ލޯންޗު ބަންޑުން ޖަހާލީ ލޯންޗު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަގޮތުގައި ލޯންޗުގެ މެދެއްހާ ހިސާބުން ބޮޑު ތަނެއް ފަޅައިގެން ގޮސްފައިވެއެވެ.

އެ ލޯންޗުން ކެޕްޓަން ހިމެނޭހެން 11 މީހަކު ދަތުރު ކުރިކަމަށާއި އަދި އޭގެ ތެރޭގައި ކުޑަ ފަސް ކުދިން ހިމެނޭކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ އެ ހާދިސާގައި އަނިޔާވި ތިން މީހަކަށް މިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް