އެތައް ފަހަރެއްގެ މަތިން ސްވިޑަންގައި ކީރިތި ޤުރުޢާން އެންދި ސަލްވާން މޮމިކާގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސްވިޑަންގެ ވެރިރަށް ސްޓޮކްހަމްގެ ކޯޓަކުންނެވެ.
އެ ކޯޓުން ބުނެފައިވަނީ އުމުރުން 38 އަހަރުގެ ސަލްވާންގެ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ ކައިރި ސިޓީއެއްގައި ކަމަށެވެ. ނަމަވެސް މާ ގިނަ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިރާޤަށް ނިސްބަތްވާ ސަލްވާން ވަނީ އެތައް ފަހަރެއްގެ މަތިން ސްވިޑަންގައި ކީރިތި ޤުރުޢާން އެންދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށްބުނެ ސްވިޑަން އިން އޭނާގެ އެ ހަރަކާތްތައް ކުރިއަށްގެންދަން ފުރުސަތު ދީ ރައްކާތެރިކަން ފޯރުކޮށްދެމުން ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް