ބައިތުލްޒަކާތުގެ ނަމުގައި ހުޅުމާލޭގައި ދިހަ ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބިލްޑިންގ (ބައިތުއްޒަކާތު) ނަމުގައި އިމާރާތެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި އަހަރު އެ އިމާރާތުގެ މަސައްކަތް ފެށުމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެގޮތުން މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުޔަށްދެވޭ ޒަކާތު ފަންޑުގެ ދިހަ ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް ކަމަށާއި މި އިމާރާތުގެ އިފީސް ބައިތަކުން ލިބޭ ނަފާ ބެހިގެން ދާނީ ޒަކާތުގެ ޙައްގުވެރިންނަށް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ސަރުކާރުން ޒަކާތުގެ ހައްގުވެރިންނަށް ހައްގުގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ތަނަވަސްކުރުމަށް ވަނީ ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް