ހަމާސް އިން ކޮންޑަމް ގަންނަން 50 މިލިޔަން ޑޮލަރު ޣައްޒާއަށް ފޮނުވަން ބައިޑަން ސަރުކާރުން ނިންމާފައި އޮތް: ޓްރަމްޕް

ކޮންޑަމް ގަތުމަށް 50 މިލިޔަން ޑޮލަރުގެ އެހީ ޔޫއެސްއެއިޑް މެދުވެރިކޮށް ފޮނުވަން ބައިޑަން ސަރުކާރުން ނިންމާފައިއޮތްކަން އެނގި އެކަން ހުއްޓުވާފައިވާކަމަށް އެމެރިކާގެ އާ ރައީސް، ޑޮނާލްޑް ޓްރަމްޕް ބުނެފިއެ...

30 Jan 2025 | 00:46

ކޮންޑަމް ގަތުމަށް 50 މިލިޔަން ޑޮލަރުގެ އެހީ ޔޫއެސްއެއިޑް މެދުވެރިކޮށް ފޮނުވަން ބައިޑަން ސަރުކާރުން ނިންމާފައިއޮތްކަން އެނގި އެކަން ހުއްޓުވާފައިވާކަމަށް އެމެރިކާގެ އާ ރައީސް، ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.

ޑޮނާލްޑް ޓްރަމްޕް އިއްޔެ މިހެން ބުނެފައިވާއިރު އެގައުމުން ބޭރުގެ އެކި ގައުމުތަކަށް އެހީވާ ޔޫއެސްއެއިޑްފަދަ ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި ފެޑެރޭޝަންތަކަށް އެމެރިކާ ސަރުކާރުން ދޭ ފައިސާގެ އެހީ އިއްޔެއިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލަން ވަނީ ނިންމާފައެވެ.

އެ ނިންމުން ނިންމާފައިވަނީ އެލޮން މަސްކު އިސް ވެރިއެއްގެ ގޮތުގައި ހުންނަ އަދި އެމެރިކާ ސަރުކާރުން އަލަށް އުފެއްދި "ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިސިއަންސީ (ޑޮޖް) އާއި ޔޫއެސް އޮފީސް ފޮރ ޕާސަނަލް މެނޭޖްމަންޓް ގުޅިގެން ކުރިއަށްގެން ހޯދި ހޯދުންތަކަކަށް ރިއާޔަތްކޮށް ކަމަށް އެމެރިކާއިން އިއްޔެ ބުނެފައިވެއެވެ.

ކޮންޑަމް ގަތުމުގެ ނަމުގައި 50 މިލިޔަން ޑޮލަރު ޔޫއެސްއެއިޑް މެދުވެރިކޮށް ހަމާސް އަށް ފޮނުވަން ނިންމާފައިވާކަމަށް އެލޮން މަސްކުގެ ހޯދުންތަކުން އެނގިފައިވާކަމަށްބުނެފައިވާއިރު ތުހުމަތު ކުރަނީ އެ ފައިސާ ހޯދަނީ އިސްރާއީލަށް އެކި ގޮތްގޮތުން ގެއްލުން ދިނުމަށް ކަމަށާއި ކޮންޑަމް ބޭނުންކޮށްގެން ހަމާސް އިން ބޮންވެސް އުފައްދާ ކަމަށެވެ.

އިއްޔެ މީޑިއާއާ ބައްދަލުކޮށް ވާހަކަދައްކަމުން ޓްރަމްޕު ބުނެފައިވަނީ އެކަން މިހާރު ހުއްޓުވާފައިވާކަމަށެވެ.

https://www.youtube.com/watch?v=6NaOaodF0lM

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް