ފިލްމު އެނިމަލް އިން ބޮޑު މަގްބޫލުކަމެއް ހޯދި ބޮލީވުޑްގައި މިހާރު އެންމެ އަލިގަދަ އަންހެން ތަރި، ތުރިޕްތީ ދިމްރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
ތުރިޕްތީގެ އިންސްޓަގްރާމް ސްޓޯރީތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުޑަވިލިނގިލީގައެވެ.
2017 ވަނަ އަހަރު ފިލްމު "މޮމް" އިން ބޮލީވުޑަށް ނިކުތް ތުރިޕްތީއަށް ކެރިއަރުގައި ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކަލާ" އާއި 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އެނިމަލް" އިންނެވެ. އެނިމަލްގައި ތުރިޕްތީ ކުޅުނު ސަޕޯޓިންގ އެކްޓްރެސްގެ ރޯލަށް 2024 ވަނަ އަހަރުގެ ފިލްމު ފެއަރ އެވޯޑްސް ލިބިފައިވެއެވެ.
ތުރިޕްތީ މިދިޔަ އަހަރު ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބޭޑް ނިއުޒް"، "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ" އަދި "ބޫލް ބުލައްޔާ 3" ހިމެނެއެވެ.
މި އަހަރުވެސް ދެ ފިލްމެއްގެ މަސައްކަތް ތުރިޕްތީ އަންނަނީ ކުރަމުންނެވެ. އެއީ ފިލްމު "ދަޅަކް 2" އަދި އިތުރު ފިލްމެއްގެ މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް