ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންއަށް އެންރޯލްކުރުމުގެ އެންމެ ފަހު ފުރުސަތު

މިއީ ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަނަށް އެންރޯލްކުރުމުގެ އެންމެ ފަހު ފުރުސަތެވެ! މި އަގުހުރި ޕްރޮމޯޝަނަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ 31 ޖަނަވަރީ 2024އެވެ. މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ...

30 Jan 2024 | 07:06

މިއީ ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަނަށް އެންރޯލްކުރުމުގެ އެންމެ ފަހު ފުރުސަތެވެ! މި އަގުހުރި ޕްރޮމޯޝަނަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ 31 ޖަނަވަރީ 2024އެވެ.

މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްތަކަށް 31 ޖަނަވަރީ 2024ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.  އެގޮތުން ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ފަސޭހަކާމާއެކު ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ޝަރުތު ފުރިހަމަވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށް، ޓެސްލާ ކާރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުކޮށްލެވޭނެއެވެ.

މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަނަކީ ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުނުފުނިން ލޯންޗުކުރި ޕްރޮމޯޝަނެކެވެ. އެގޮތުން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލާފައެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް

ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް