މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ) އިން ހަދަމުން އަންނަ ޓެސްޓުތަކެއް ނިމެންދެން ޕެނެޑޯލް ބޭނުންކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އެ އެތޯރިޓީން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން ބުނީ ޕެނެޑޯލްގެ ސާމްޕަލެއް މާކެޓުން ނަގައި ޓެސްޓް ކުރި އިރު، ބޭހުގެ ބައެއް ގުޅަތައް ފުނޑުފުނޑެވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅު ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މިފަދަ ބޭހެއް ބޭނުންކުރުމުން އޭގެ އަސަރު އެންމެ އެކަށީގެންވާ ގޮތަށް ނުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ އާއްމުކޮށް ބޭސްތަކުގައި އެފަދަ މައްސަލަތައް ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުންނާއި، ބޭސް އުފެއްދުމުގައި ސަމާލުވާން ޖެހޭ ކަންކަމަށް ސަމާލުނުވުމުން ކަމަށެވެ.
މި ބޭހުގައި މައްސަލައެއް ވޭތޯ ދިރާސާކުރަމުން އަންނަ އިރު، ތަހުގީގު ނިމެންދެން އެއްވެސް ފާމަސީއަކުން މި ބޭސް ނުވިއްކުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެފްޑީއޭ އިން ވަނީ މި ބޭސް ރާއްޖެ އެތެރެކުރުންވެސް ވަގުތީގޮތުން މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް