މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެގޮތުން، ޖިނާއީ މައްސަލަތަކުގެ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފައިވަނީ އުމުރުން 50 އަހަރުގެ އަޙްމަދު ނިޡާމް (A013052) ހުޅުމާލެ ފްލެޓް ނަންބަރު C9-4-C ހޯދުމަށެވެ.
ފުލުހުންގެ އިއުލާނުގައި ވަނީ 15 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 10:00 އަށް ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނަށް މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް