މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކ...

30 Jan 2024 | 05:35

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މާރާމާރީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެގޮތުން، ޖިނާއީ މައްސަލަތަކުގެ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފައިވަނީ އުމުރުން 36 އަހަރުގެ ޢަބްދުއްރަޝީދު މުޙައްމަދު (A234970) ހދ.ކުޅުދުއްފުށި / ގުލްޒާރުގެއެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ 6 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 13:00 އަށް ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް