ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން 41 ދާއިރާއަކަށް ކެނޑިޑޭޓުން ވާދަކުރަން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އިން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި ހުށަހެޅި މެމްބަރުންގެ ނަންތައް އާއްމުކޮށްފައެވެ. އެގޮތުން 41 ދާއިރާއަކަށް ޖުމްލަ 46 ކެނޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ 13 އަންހެން ކެނޑިޑޭޓުންނާއި 33 ފިރިހެން ކެނޑިޑޭޓުންނެވެ.
އެ ޕާޓީ އިން އެއް ކެނޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ވަނީ ކަށަވަރުވެފައެވެ. ދަ ޑިމޮކްރެޓްސް އިން ބުނީ އެ ފަރާތްތަކަށް ޕާޓީގެ ޓިކެޓު ހަވާލުކުރެވޭނެ ކަމަށާއި އަދި އެއް ކެނޑިޑޭޓަށް ވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ބޭއްވޭ ޕްރައިމަރީ އަންނަ ފެބްރުވަރީ މަހުގެ 3 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 މާޗު 2024 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް