މޫދަށް ފޭބި ދިވެހި ޒުވާނަކު ނިޔާވެއްޖެ

އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓްގައި ބޮއެ އަޅަން މޫދަށް ފޭބި ދިވެހި ޒުވާނަކު ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ރ. އިނގުރައިދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ...

30 Jan 2023 | 16:45

އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓްގައި ބޮއެ އަޅަން މޫދަށް ފޭބި ދިވެހި ޒުވާނަކު ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ރ. އިނގުރައިދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ނިޝާހު އަބްދުލްގަފޫރުއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ މިރޭ 6:45 ހާއިރު ކަމަށާއި މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް