ޕާކިސްތާނުގެ މިސްކިތެއް ގޮއްވާލައި ގިނަ ބަޔަކު މަރާލައިފި އެވެ.
މި ހާދިސާ ހިނގީ އެ ގައުމުގެ ހުޅަނގުއުތުރު ސިޓީއެއް ކަމަށްވާ ޕިޝާވަރުގައިއެވެ. ގޮއްވާލި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބޮން ގޮއްވާލީ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި އެވެ.
މި ހަމަލާގައި މިހާތަނަށް 32 މީހުން މަރުވެފައިވާއިރު 150 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. މަރުވި މީހުންގެ އިތުރުން ސީރިއަޒް އަނިޔާތަކެއް ލިބިގެން 70 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
އެ ސަރަހައްދުގައި ހާދިސާ ހިނގި ވަގުތު ތިބި މީހުން މީޑިއާގައި ބުނެފައިވާގޮތުގައި ބޮން ގޮއްވާލި އިރު މިސްކިތް ގާތްގަނޑަކަށް އޮތީ ފުރިފައި އެވެ. ޖަމާއަތުގައި މެންދުރު ނަމާދުކުރަމުން ދަނިކޮށް ބޮން ގޮއްވައިލުމާ އެކު، މިސްކިތުގެ އެއް ބަޔާއި ފުރާޅުން ބައެއް ވެއްޓިފައިވާ އިރު، ވެއްޓުނުގެ ބައިގެ އަޑީގައި ގިނަ އަދަދެއްގެ ބަޔަކު ވާނެ ކަމަށް ބެލެވެ އެވެ.
މި ހަމަލާގެ ޒިންމާ އަދި އެވެސް ފަރާތަކުން ނުނަގަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މިސްކިތް ގޮއްވާލި މީހުން ހޯދަން ސީރިއަސް ތަހުގީގެއް ހިންގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައި އެވެ. ހަދި ހާދިސާގައި ޒަހަމްވި މީހުންނަށް އެ ގައުމުން ދެވެން ހުރި ހުރިހާ ފަރުވާއެއް ހިލޭ ލިބޭނެ ކަމުގެ ޔަގީންކަށް ދެއްވި އެވެ.
މި ހަމަލާ އިސްލާމީ ގައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް