އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއިއެކު ވ. ތިނަދޫގައި މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ 185 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
އަދި މިސްކިތް ބިނާކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭގައި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި 30 ޖަނަވަރީ 2023 ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިސްކިތެއް ބިނާކުރުމަކީ ވަރަށް މަތިވެތި ކަމެއް ކަމަށެވެ.
މީގެ އިތުރުން މިސްކިތުގެ މަސައްކަތް ކުރިއަށްދާއިރު ދިމާވާ ކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމެއް ބޭނުންވާނަމަ، މިނިސްޓްރީން އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް