ރައީސް ނަޝީދުގެ ވިސްނުން ހުރީ "ފިކުރެއްގެ ދިރުން" ވަކި އިދާރާއެއް އޮވެގެން ހިންގަން !

ފިކުރެއްގެ ދިރުން ދެން ކުރިއަށް ގެންދަން ވިސްނާގޮތް ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސް ނަޝީދު މިކަން ހާމަކުރެއްވީ ފިކުރެއްގެ ދިރުން ކެމްޕޭނު ޓީމަށް މިއަދު ދެއްވި މެންދުރުގެ ފަރީއްކޮ...

30 Jan 2023 | 09:02

ފިކުރެއްގެ ދިރުން ދެން ކުރިއަށް ގެންދަން ވިސްނާގޮތް ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ ފިކުރެއްގެ ދިރުން ކެމްޕޭނު ޓީމަށް މިއަދު ދެއްވި މެންދުރުގެ ފަރީއްކޮޅެއްގެ ތެރެއިން ސަޕޯޓަރުންނާއި މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއެކު ކުރިއަށްގޮސްގެން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަމާ ޕާޓީންވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި ދެން ކުރިއަށްދާނީ "އެމްޑީޕީ ކުރިއަށް" ގޮފި ހިންގުން ކަމަށެވެ.

ޕާޓީގެ އަސާސީ ގަވާއިދާއި ރޫހާއި ވިންދުވެސް އެކަން އެހެން ކުރުމަށް ހުރަސް ނާޅާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ވަކި ސެކްރެޓޭރިއެޓެއް އޮވެ ވަކި އިދާރާއެއް ހުރެގެން ފިކުރެއްގެ ދިރުން ގެންދަން ބޭނުންފުޅުވާކަމަށެވެ.

އިތުރަށް ވިދާޅުވީ ޖުލައި މަހާއި ހަމައަށް އެ ގޮތްޕަށް 50 ހާސް މެންބަރުން ހަމަކުރަން ބޭނުންފުޅުވާކަމަށާއި ރަށްރަށުގައިވެސް ފިކުރެއްގެ ދިރުން އެކެއް ދޭއް ތިނެއް މިހެންގޮސް ފަހަކާއި ހަމައަށްވެސް ފިކުރެއްގެ ދިރުމުގެ ގޮފިތައް ހަދަމުން ގެންދަންވީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް