"ފިކުރެއްގެ ދިރުން" ކުރިއަށްދާނީ ޕާޓީގެ ވަކި ގޮތްޕެއްގެ ގޮތުގައި، އެކަމަށް ހުރަހެއް ނެތް: ރައީސް ނަޝީދު

ފިކުރެއްގެ ދިރުން ކުރިއަށްދާނީ އެމްޑީޕީގެ ވަކި ގޮތްޕެއްގެ ގޮތުގައި ކަމަށާއި އެކަމަށް ހުރަހެއް ނެތްކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ "އެމްޑީޕީ ކުރިއަށް" ...

30 Jan 2023 | 08:43

ފިކުރެއްގެ ދިރުން ކުރިއަށްދާނީ އެމްޑީޕީގެ ވަކި ގޮތްޕެއްގެ ގޮތުގައި ކަމަށާއި އެކަމަށް ހުރަހެއް ނެތްކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ "އެމްޑީޕީ ކުރިއަށް" ސަޕޯޓަރުންނާއެކު މިއަދު މެންދުރު ކުރިއަށްގެންދިޔަ މެންދުރުގެ ފަރީއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ވަކި ނުވާނެ ކަމަށާއި ނަމަވެސް "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށްގެންދާނީ ކަމުގައި ވިދާޅުވިއެވެ.

" އަޅުގަނޑުގެ ޖިސްމާ އަޅުގަނޑުގެ ފިކުރާ އަޅުގަނޑުގެ ތޮބިއްޔަތާ މީކީ އަޅުގަނޑަށް އަޅުގަނޑާ ވަކި ކުރެވޭ ކަމެއް ނޫން، އެކަމަކު އެމްޑީޕީއަކީ ގަބޫލުކުރާ ފަލްސަފާއެއް ފިކުރެއް، އެ އަޅުގަނޑުގެ ޖާނާ ވަކި ކުރުން ވަރަށް އުނދަގޫ ކަމަކަށް ވާނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމަށް ހުރަހެއް ނެތްކަމަށާއި ޕާޓީގެ ހިންގާ ގަވާއިދުވެސް އެކަމަށް ޖާގަދޭނެ ކަމަށާއި އަދި ޕާޓީގެ ވިސްނުންތައްވެސް އެކަމަށް ޖާގަދޭކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިކަން މިއަދު ހާމަކުރައްވާފައިވާއިރު ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުން ބަލިވެވަޑައިގަތުމުން އެކަން ގަބޫލުފުޅުކުރައްވާ ފޮނުވި މެސެޖުގައިވެސް ވިދާޅުވެފައިވަނީ ރައީސް ސޯލިހާއެކު ކުރިއަށް ގޮސްގެން އެމްޑީޕީއަށް 2023 ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެކަމުގައި ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް