އެންމެނަށް މީޑިއާނެޓް ނަމުގައި ހާއްސަ ޕްރޮމޯޝަނެއް: ޑީކޯޑަރާއެކު އެއް މަހުގެ ފުލް ޕެކޭޖް މުޅިން ހިލޭ

އައު ކަނެކްޝަނާއެކު ޑީކޯޑަރާއި އެއް މަހުގެ ފުލް ޕެކޭޖް ހިލޭ ލިބޭ ޕްރޮމޯޝަނެއް މީޑިއާނެޓުން ފަށައިފިއެވެ. "އެންމެނަށް މީޑިއާނެޓް" މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބްރުއަރީ މަހުގެ...

30 Jan 2023 | 08:21

އައު ކަނެކްޝަނާއެކު ޑީކޯޑަރާއި އެއް މަހުގެ ފުލް ޕެކޭޖް ހިލޭ ލިބޭ ޕްރޮމޯޝަނެއް މީޑިއާނެޓުން ފަށައިފިއެވެ.

"އެންމެނަށް މީޑިއާނެޓް" މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށްކަމުގައި މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓުން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަންގެ މުއްދަތުގައި ކަނެކްޝަނަށް އަލަށް އެދޭ ފަރާތްތަކަށް ހިލޭ ކަނެކްޝަން ގުޅައިދިނުމުގެ އިތުރުން ހިލޭ ޑީކޯޑަރު އަދި އެއްމަހުގެ ފުލް ޕެކޭޖް ހިލޭ ލިބިގެންދާނެ ކަމަށެވެ.

https://twitter.com/Medianetmv/status/1619663162311319552

މީޑިއާނެޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓީވީ އަދި މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެވެ.

މި ޕްރޮމޯޝަންގެ ދަށުން ހިދުމަތަށް އެދިލެއްވުމުގެ ފުރުސަތު މީޑިއާނެޓްގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން ލިބިލައްވާނެ ކަމަށާއި އަދި ބިޒްނަސް ޕާޓްނަރުންނާއި ގުޅިގެންވެސް ފްރީ ކަނެކްޝަނަށް އެދިލެއްވިދާނެކަމުގައި މީޑިއާނެޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް