އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އުމުރުން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހަކު ހައްޔަރުކޮށްފައިވަނީ ޕޮލިސް އަޕަރ ނޯތު ރީޖަން (ހއ. ހދ. ށ) ހިމެނޭ ރީޖަނުންނެވެ.
ފުލުހުން ބުނެފައިވަނީ ޖިންސީ ގޯޏާގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށާއި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 60 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމުގައި ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް