ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކެނޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަ ވާނެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ބަލިވެވަޑައިގަތްކަން ގަބޫލުކުރައްވާ ފޮނުވި މެސެޖުގައެވެ.
އެ މެސެޖުގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހާއެކުގައި ގޮތް 2023 ގެ އިންތިހާބު އެމްޑީޕީއަށް ތާއީދު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއީ ރައީސް ސޯލިހަށް ތާއީދު ނުކުރަން ނިންމެވިކަން ހާމަކުރެއްވުންކަމުގައި ބެލެވެއެވެ.
އެއަށްފަހު އެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ "ފިކުރެއްގެ ދިރުން" ޓީމުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާނީ ފަހުން ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލަމަންޓަރީ ނިޒާމަށް ބަދަލުކުރުމަށް ތާއީދުކުރާ ކެނޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ބޮޑުވަޒީރުކަން ބޭނުންފުޅުވެވަޑައިގަންނަވާކަމަށާއި ބަރުލަމާނީ ނިޒާމު ގައުމަށް ކޮންމެހެން ބޭނުންފުޅުވާކަމުގައި ރައީސް ނަޝިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް