ފެއިލްވުމަކީ ކަމެއްގެ ނިމުމެއް ނޫން: ޑރ. ޝަހީމް

ފެއިލްވުމަކީ ކަމެއްގެ ނިމުމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރާއްޖޭގެ އެން...

30 Jan 2023 | 05:22

ފެއިލްވުމަކީ ކަމެއްގެ ނިމުމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސިޔާސީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވެފައި ވަނިކޮށެވެ. ރައީސް އިބްރާހިމްް މުހައްމަދު ސޯލިހު، ނަޝީދު ބަލި ކުރެއްވީ61 ޕަސެންޓު ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އޭގެ ފަހުން ނަޝީދުގެ ހަބަރެއް ނުވާ ކަމަށް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

އެފަދަ ދަނޑިވަޅެއްގައި ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަމެއްގައި ފެއިލްވުމަކީ އެކަމެއްގެ ނިމުން ނޫން ކަމަށެވެ. އެހެން ނަމަ އެމީހަކު ދާން ބޭނުންވާ ހިސާބަށް ވާޞިލް ނުވެވުނީސް ކަމަށެވެ.

ކާމިޔާބަށް ވާޞިލްވުމުގައި ހިތްވަރާއި ޢަޒުމުގެ ހަރުފަތްތައް ގިރާކުރަންޖެހޭ ކަމަށާއި މާތް ﷲ އަށް އިތުބާރުކުރާ މީހަކަށް ދެރަ ނިމުމެއް ނާންނާނެ ކަމަށް ވިދާޅުވެފައި އެވެ.

https://twitter.com/Mohamedshaheem1/status/1619892647979786240

ޝަހީމްވެސް ވަނީ ސިޔާސީ މައިދާނުގައި ބޮޑު ނާކާމިޔާބަކާއި ކުރިމަތިލައްވާފައި އެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނުކުންނަވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް