ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަނޑަން އެރިވަޑައިގަތަސް ފަހަތުން ކަނޑަން އެރޭ ފުރަތަމަ ބައިގެ މީހުންތެރޭގައި ވުމަކީ ޢަޒުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ މުސްތަފާ މިހެން ވިދާޅުވީ ޕާޓީން ކަނޑާލި އަދި ވޯޓުލި 55 ހާސް މީހުންނާއި އެކު އިބޫ އާއި ދުރަށްދާން ނަޝީދު ނިންމަވާފައިވާ ކަމަށް އޮންލައިން ނޫހެއްގައިވާ ހަބަރެއް ހިއްސާކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދު ނިންމަވާ ކޮންމެ ނިންމެވުމެއް ބަލައިގަނެ އެމަނިކުފާނު ކަނޑަން އެރިވަޑައިގަތަސް ފަހަތުން ކަނޑަން އެރޭ ފުރަތަމަ ބައިގެ މީހުންތެރޭގައި ވުމަކީ ޢަޒުމެއް ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ފަހުގެ ތާރީހެއްގައި އެ ޕާޓީގެ އެތެރޭގައި ބޭއްވުނު އެންމެ ވާދަވެރި އިންތިހާބެވެ.
ދެ ރައީސުން ވާދަކުރެއްވި މި އިންތިޚާބު އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ ތެރެއިން 24،572 ވޯޓު ހޯއްދަވައިގެންނެވެ.
ރައީސް ސޯލިހްގެ ވާދަވެރި ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް