ކޮވިޑަށް މިއަދު ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން ފާއިތުވި 24 ގަޑިއިރުގެތެރޭގައި 2838 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެއިން 1،295 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން 1،066 މީހަކާއި ރިސޯޓްތަކުން 49 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން ވަނީ 4 މީހަކު ޕޮޒިޓިވް ވެފައެވެ.
މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 136،126 އަށް އަރާފައެވެ.
މިވަގުތު 17،589 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
މިދިޔަ 24 ގަޑިއިރު 2،980 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 118،249 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7،394 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖެއިން މި ބަލީގައި މިހާތަނަށް 275 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް