ބޯލީވުޑްގެ މަޝްހޫރު އެކްޓްރެސް ރިތިކް ރޯޝަން ޑޭޓް ކުރަމުން ދަނީ އެކްޓްރެސް ސަބާ އަޒާދު އާއި ކަމަށް އަޑުތައްފެތުރެން ފަށައިފިއެވެ.
މީގެ ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ލިބިފައިވާ ރިތިކް، އަތާއި އަތް ގުޅުވައިގެން ރޭގަނޑުގެ ވަގުތެެއްގައި އަންހެންކުއްޖަކާއެކު ރެސްޓޯރަންޓަކުން ނިކުމެގެން ކާރަށް އަރަނިކޮށް ނަގާފައިވާ ވީޑިއޯއެއްވަނީ އާންމުވެފައެވެ. މި ވީޑިއޯގައި އެ އަންހެންކުއްޖާއަކީ ކާކުކަމެއް ނޭނގެއެވެ. ނަމަވެސް އެ ގައުމުގެ މީޑީއާތަކުގައިވާގޮތުން އެ އަންހެން ކުއްޖާއަކީ ސަބާ ކަމަށް ވަނީ އަޑުތައް އަރާފައެވެ.
އެދެމީހުން ޑޭޓްކުރާތާ ދުވަސްކޮޅެއް މިހާރު ވެއްޖެ ކަމަށާއި، ދެމީހުންވެސް އެމީހުންގެ ގުޅުމުގެ ވާހަކަ އަދި ހާމަކުރަން ބޭނުން ނުވާކަމަށް އެ ގައުމުގެ މީޑިއާތައް ރިޕޯޓް ކުރެއެވެ.
މީގެ ދުވަސްކޮޅެއްކުރިން ރިތިކްގެ ކުރީގެ އަންހެނުން ޑޭޓް ކުރަން ފަށާފައިވާކަމުގެ ހަބަރުތަކެެއް ވަނީ ފެތުރިގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް