ހުޅުމާލޭގައި ތުރުކީގެ އެހީގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރަނީ

ތުރުކީވިލާތުގެ އެހީގައި ހުޅުމަލޭގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރަން އެ ޤައުމުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މ...

30 Jan 2022 | 15:29

ތުރުކީވިލާތުގެ އެހީގައި ހުޅުމަލޭގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރަން އެ ޤައުމުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މިއަދުގެ މަޝްވަރާތަކުގައި ވާހަކަދެކެވުނު ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ތުރުކީވިލާތުގެ އެހީގައި އިސްލާމީ މަރުކަޒެއް ޤާއިމްކޮށްދެއްވުމަށް ހުށައެޅުއްވިކަމަށެވެ. އަދި އެ އިސްލާމީ މަރުކަޒު ޤާއިމްކުރުމަށް ތުރުކީވިލާތުން އެހީތެރިކަން ދެއްވާނެކަން ހާމަކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރާ އިސްލާމީ މަރުކަޒަކީ ދެ ޤައުމުގެ ގާތް ގުޅުމާއި އިސްލާމީ އަޚްވަންތަކަން ދައްކުވައިދޭ ބިނާއަކަށް ވެގެންދާނެކަމަށެވެ.

ތުރުކީގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިއްމު 5 އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނި ނައްތާލުމަށާއި ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުވުމަށް އެއްބަސްވުން އެކުލަވާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް