ބާރަށުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ހއ. ބާރަށު ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެނ...

30 Jan 2022 | 13:40

ހއ. ބާރަށު ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތަކީ އިންޑިއާގެ ވިޝްވަރާޖް އެންވަޔަރަމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެން، ޑިޒައިން އެންޑް ބިލްޑް އުސޫލުން  20 މަސް ދުވަސްތެރޭގައި ނިންމަން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ބާރަށާއެކު 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

މި މަސައްކަތް ވިޝަވަރާޖް ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް