ކާޖަޮލް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ މަޝްހޫ ރު ބަތަލާ ކާޖޮލް ކޯވިޑަށް ވޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވްވިކަން އާންމުކޮށް އަންގާފައިވަނީ މިއަދު ހެނދުނު ކާޖޮލްގެ އިންސްޓަގުރާމް މެދުވެރިކޮށެވެ. އޭނާ ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމ...

30 Jan 2022 | 10:21

އިންޑިއާގެ މަޝްހޫ ރު ބަތަލާ ކާޖޮލް ކޯވިޑަށް ވޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވްވިކަން އާންމުކޮށް އަންގާފައިވަނީ މިއަދު ހެނދުނު ކާޖޮލްގެ އިންސްޓަގުރާމް މެދުވެރިކޮށެވެ.

އޭނާ ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އޭނާގެ ރަތްވެފައިވާ ނޭފަތް އެއްވެސްމީހަކަށް ދައްކަން ބޭނުން ނުވާކަމަށާއި، ދުނިޔޭގެ އެންމެ ރީތި ހިނިތުންވުން ކަމަށްބުނެ ކާޖޮލް އާއި ފިރިމީހާ އަޖޭގެ އަންހެން ދަރިފުޅުގެ ފޮޓޮއެއް ވަނީ އިންސްޓަގުރާމްގައި ކާޖޮލް ޕޯސްޓް ކޮށްފައެވެ. އަދި ދަރިފުޅުމަތިން ހަނދާންވާ ވާހަކަ ވަނީ މި ޕޯސްޓްގައި ބުނެފައެވެ.

މަޝްހޫރު އެތައް ތަރިންނެއް ވަނީ މި ޕޯސްޓަށް ކޮމެންޓު ކޮށް ކާޖޮލް އަށް ހިއްވަރު ދީފައެވެ. އެގޮތުން ބޮލީވުޑް އަދި ހޮލީވުޑް ގެ މަޝްހޫރު ބަތަލާ ޕްރިޔަންކާވެސް ވަނީ މި ޕޯސްޓައް ކޮމެންޓް ކޮށްފައެވެ.

ކާޖޮލް އަކީ އިންޑިއާގެ މަޝްހޫރު އެތައް ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ އެކްޓްރެސްއެކެވެ. އެގޮތުން ކުޗްކުޗް ހޯތާހޭ ، ކަބިކުޝި ކަބިގަމް ފަދަ ފިލްމުތައް ފާހަގަ ކޮއްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް