ތުރުކީ އާ ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ތަރައްޤީކުރަނީ

ދިވެހިރާއްޖެއާއި ތުރުކީ އާ ދެމެދު ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެޤައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށ...

30 Jan 2022 | 08:40

ދިވެހިރާއްޖެއާއި ތުރުކީ އާ ދެމެދު ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެޤައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވްޝަގްލޫގެ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި އެއްބަސްވުމުގައި ސޮއެކުރެއްވީ ތުރުކީވިލާތުގެ ފަރާތުން މިނިސްޓަރ ޝަވްޝަގްލޫއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ ހުސެން ރަޝީދު ހަސަން އެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް