ރާއްޖޭގެ ފޮރިން ސަރވިސް އިތުރަށް ހަރުދަނާކުރުމަށް ތުރުކީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާ ތުރުކީވިލާތުގެ ޑިޕްލޮމެސީ އެކަޑަމީ އާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ބޭއް...

30 Jan 2022 | 08:26

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާ ތުރުކީވިލާތުގެ ޑިޕްލޮމެސީ އެކަޑަމީ އާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއެވެ.

މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ޚާރިޖީ ދާއިރާގެ ތަޢުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެއެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

އަލަށް އަމަލުކުރަން ފެށި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ފޮރިން ސަރވިސް އިތުރަށް ހަރުދަނާކުރުމަށް ފޮރިން ސަރވިސް އިންސްޓިޓިއުޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، ޒަމާނީ އަދި ހަރުދަނާ ފޮރިން ސަރވިސްއެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް