ހުޅުމާލެ ސަހަރާގައި ފާޚާނާ ބަރިއެއް ހަދައި ދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
އެ ކައުންސިލުން ބުނީ ހުޅުމާލެ ސަހަރާގައި ހަދަން ނިންމާފައި ވަނީ ހަތަރު ފާޚާނާ ކަމަށެވެ. އަދި އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން މި މަސައްކަތަށް އަގު ހުށަހެޅުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ ހަތް ވަނަ ދުވަސް ކަމުގައި ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ހުޅުމާލެ ސަހަރާގައި މިހާރު ހުންނަ މިސްކިތުގައި ހުންނަނީ އެންމެ ފާހާނާއެކެވެ. އަދި ސަހަރާ މިސްކިތް ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ބޭނުން ކުރަމުން އަންނަނީ އެންމެ ފާހާނާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް