ސުއަރޭޒް އާއި މެދު ގޮތެއް ނިންމާނީ އަންނަ ޖޫން މަހުގެ ފަހުން - ސިމިއޯނީ

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ތަޖުރިބާލާރު ފޯވާޑް ލުއިސް ސުއަރޭޒް އާއި މެދު ގޮތެއް ނިންމާނީ އަންނަ ޖޫން މަހުގެ ފަހުން ކަމަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ. ސ...

30 Jan 2022 | 07:43

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ތަޖުރިބާލާރު ފޯވާޑް ލުއިސް ސުއަރޭޒް އާއި މެދު ގޮތެއް ނިންމާނީ އަންނަ ޖޫން މަހުގެ ފަހުން ކަމަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ސިމިއޯނީ ބުނީ ސުއަރޭޒްގެ މުސްތަގުބލާއި މެދު ގޮތެއް ނިންމުމައް ކުރެވޭ މަޝްވަރާތައް ކުރިޔަށް ދާނީ އަންނަ ޖުލައިމަހުގެ ފަހުން ކަމަށާއި ޖުލައިގެ ފަހުން އިތުރު އެއްބަސްވުމެއް ސުއަރޭޒް އާއި އެކު ހަދާނީތޯ ނުވަތަ ނޫންތޯ ކުލަބުން މަޝްވަރާ ކުރާނެކަމަށެވެ.

ސިމިއޯނީ ބުނީ މިގޮތަށް ނިންމީ ސުއަރޭޒްގެ އެދުމުގެ މަތިން ކަމަށާއި ކުލަބުގައި އުއަރޭޒް އިތުރަށް މަޑުކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ވޯލްޑް ކަޕް ޕްލޭއޮފަށް ފަހުގައި ކަމަށް ސުއަރޭޒް ބުނެފައިވާ ކަމަށް ސިމިއޯނީ ބުންޏެވެ. ޕްލޭއޮފް މެޗުން މޮޅުވެ މިއަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައިވެއްޖެ ނަމަ ސުއަރޭޒް އިތުރު އެއް ސީޒަނަށް ކުލަބުގައި މަޑުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާރު އުމުރުން 35 އަހަރުގެ ސުއަރޭޒް ބާސާ ދޫކޮށް އެތްލެޓިކޯ މެޑްރިޑަށް ބަދަލުވީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. ސުއަރޭޒް ވަނީ އެތްލެޓިކޯއަށް ބަދަލުވެ މިހާތަނަށް ކުޅުނު 67 މެޗުގައި 30 ގޯލު ޖަހައިދީފައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒް އެތެލްޓިކޯ ދޫކޮށްލާ ނަމަ އޭނާ ބަދަލުވުން އެންމެ ގާތީ އިނގިރޭސި ޕްރިމިއާ ލީގަށެވެ. އެގޮތުން ނިއުކާސަލް ޔުނައިޓެޑަށް ސުއަރޭޒް ބަދަލުވުމަކީވެސް ގާތް ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް