މާލޭގައި ވެކްސިން ސެންޓަރުތަކުން ކޮވިޑު ވެކްސިން ޖަހައިދޭ ގަޑިތަަކަށް ބަދަލު ގެނެސްފި

މާލޭގައި ވެކްސިން ސެންޓަރުތަކުން ކޮވިޑު ވެކްސިން ޖަހައިދޭ ގަޑިތަަކަށް ބަދަލު ގެނެސްފިއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލު ގައި ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 9 އިން 12:45އަށް އަދި 2 އިން 6:45 އަށ...

30 Jan 2022 | 07:30

މާލޭގައި ވެކްސިން ސެންޓަރުތަކުން ކޮވިޑު ވެކްސިން ޖަހައިދޭ ގަޑިތަަކަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލު ގައި ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 9 އިން 12:45އަށް އަދި 2 އިން 6:45 އަށް ވެކްސިން ޖަހައިދޭ އިރު، ސެނަހިޔާ ގައި ވެކްސިން ޖަހައިދޭނީ ހޮނިހިރުން ބުދަ ދުވަހަށް- މެންދުރު 12 އިން 03:00 އަށެވެ. އަދި ސިނަފާމް ވެކްސިން ޖަހައިދިނުން އާދިއްތައިން ބުރާސްފަތި ދުވަހަށް- ހެނދުނު 8:30 އިން 9 އަށް އަދި އެސްޓްރަޖެނެކާ ވެކްސިން ޖަހައިދިނުން އާދިއްތައިން ބުރާސްފަތި ދުވަހަށް- ހެނދުނު 10:30 އިން 11:00އަށް ކުރިއަށްދާނެއެވެ.

ދަމަނަވެށީގައި އާދިއްތައިން ބުދަ ދުވަހަށް- މެންދުރު 1 އިން ހަވީރު 4އަށް ވެކްސިން ޖަހައިދޭ އިރު، ދަރުބާރުގޭގައި ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 11 އިން 1އަށް އަދި 2 އިން 5:45 އަށް ޖަހައުދޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 9 އިން 1 އަށް އަދި 2 އިން 5 އަށް، އަދި ހުޅުމާލެ ހޮސްޕިޓަލުގައި ހޮނިހިރުން ބުދަ ދުވަހަށް- ހެނދުނު 9 އިން 1 އަށް އަދި 2 އިން 5 އަށް ވެކްސިން ޖަހައިދޭނެއެވެ.

މި ހުރިހައި ސެންޓަރުތަކުން ވެސް ވެކްސިން ޖަހައިދޭނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާ އިރު، ފުރަތަމަ ބޫސްޓަރ ޑޯޒް ޖަހަމުންއައީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

އެހެންނަމަވެސް މި މަހުގެ 15 ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް އަންނަނީ ބޫސްޓަރ ޑޯޒު ޖަހަމުންނެވެ.

މާލެ ސަރަހައްދުގައި މިހާރުވެސް 3 ވައްތަރެއްގެ ވެކްސިން ޖަހަމުން އަންނައިރު، ސިނޮފާމް ވެކްސިން ޖަހަމުން އަންނަނީ އެންމެ ސެންޓަރަކުންނެވެ. އެއީ ސެނަހިޔާ ހޮސްޕަލްގައެވެ. އެސްޓްރަޒެނެކާ ވެކްސިން ވެސް ޖަހަމުންގެންދަނީ ސެނަހިޔާ ހޮސްޕިޓަލުންނެވެ. މާލެ ސަރަހައްދުގެ 6 ސެންޓަރަކުން އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް، ދަރުބާރުގެ، ސެނަހިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.

ބޫސްޓަރ ޑޯޒް ޖަހާނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ވެފައިވާ މީހުންނަށެވެ. އަދި ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް