ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މަލްޓިޕާޕަސް އިންޑޯ ކޮމްޕްލެކްސްތަކުގެ ތެރެއިން ލ. ގަން އަދި ޅ. ނައިފަރުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރަން ބީލަމަށް ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެއް ކަމުގައެވެ.
އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމްތަކާއެކު ކަމަށެވެ.
މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
https://twitter.com/MoYSCEmv/status/1487663495017480193
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް