ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ޣިޔާސުއްދީން ސްކޫލުގެ ކިޔެވުން އޮންލައިންކޮށްލައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ސްކޫލުން ބުނެފައިވަނީ ގްރޭޑް 10 ފިޔަވައި އެހެން ހުރިހާ ގްރޭޑަކަށް ކިޔެވުން ދެން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ. އަދި ގްރޭޑް 10ގެ ކްލާެހެއްގެ ދަރިވަރަކުވެސް ޕޮޒިޓިވް ވެއްޖެނަމަ އެ ކްލާހެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.
"މި ނިންމުން ނިންމާފައިމިވަނީ ދެ ހަފްތާގެ މުއްދަތަކަށް، އެއަށްފަހު ހާލަތަށް ރިއާޔަތްކޮށް ނިންމުން ބަދަލުވުން އެކަށީގެންވޭ، އަދި ގްރޭޑް 10އަކަށް ނިސްބަތްވާ މިވަގުތު ޕޮޒިޓިވް އަދި ކަރަންޓީނުގައި ތިބި ދަރިވަރުންނަށް ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށް" ދުވަހަށް މައުލޫމާތުދެމުން އެ ސްކޫލުން ވިދާޅުވިއެވެ.
އެ ސްކޫލުން މައުލޫމާތު ދެއްވިގޮތުގައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމީ އެޑިއުކޭޝަން މިނިސްޓްރީއާއި މަޝްްވަރާކުރެވި އެ މިނިސްޓްރީގެ ހުއްދައާއިވެސް އެކުގައެވެ.
މިދިޔަ އަހަރުގެ ހަމަ މި ތާރީހުގައިވެސް އެ ސްކޫލުން މިފަދަ ނިންމުމެއް ނިންމިއެވެ. ނަމަވެސް އެފަހަރު ޕްރެޝަރު ބޮޑުވެ، އެޑިއުކޭޝަންގެ އެންގުމަށް އެ ނިންމުން ބަދަލުކުރަން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް