މަރު ކޮމިޝަނަށް ސީނިއަރ ރިސާރޗް އޮފިސަރެއް ހޯދަނީ

މަރު ކޮމިޝަނަށް ސީނިއަރ ރިސާރޗް އޮފިސަރެއް ހޯދަން އިޢުލާން ކޮށްފިއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލައި...

30 Jan 2022 | 06:28

މަރު ކޮމިޝަނަށް ސީނިއަރ ރިސާރޗް އޮފިސަރެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ހޯދާ މި މަގާމުގެ މުސާރައަކީ 6،295 ރުފިޔާއެވެ. އަދި ސަރވިސް އެލަވެންސްގެ ގޮތުގައި 2،000 ރުފިޔާގެއާއި ޚާއްސަ އެލަވެންސްގެ ގޮތުގައި 2،832 ރުފިޔާ ލިބެއެވެ.

މި މަގާމަށް ކުރިމަތިލާ މީހަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި އެފަދަ މަގާމަކާ ގުޅޭ ދާއިރާއަކުން ހައަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭ އިރު، ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ކުރިން މި މަގާމަށް ކުރިމަތިލާން ޖެހެއެވެ. އަދި މަގާމަށް ކުރިމަތިލާ މީހަކީ، އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދެއްކުމާއި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މީހަކަށް ވެސް ވާންޖެހެއެވެ.

މަރު ކޮމިޝަނަށް ރިސަރޗް އޮފިސަރަކު ހޯދަން އިއުލާންކޮށްފައިވާއިރު އެ ކޮމިޝަނާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ކޮމިޝަނަށް އާންމުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް