ކައިވެންޏަށް ވިއްސަކަަށް އަހަރުވުމުން އަނބިމީހާ ފިރިމީހާ އަށް އިތުރު އަނބިން ހޯދައިދޭންޖެހޭ ކަމަށް ބުނުމުން ހޫނު ބަހުސަކަށް

ކައިވެންޏަށް ވިއްސަކަށް އަހަރުވުމުން އަނބިމީހާ ފިރިމީހާ އަށް އިތުރު އަނބިން ހޯދައިދޭންޖެހޭ ކަމަށް އައްޝައިހް ޒަމްޒަމް ފާރިޝް ބުނުމުން ހޫނު ބަހުސަކަށް ގޮސް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެއްޖެއެވެ. އެ...

30 Jan 2022 | 06:16

ކައިވެންޏަށް ވިއްސަކަށް އަހަރުވުމުން އަނބިމީހާ ފިރިމީހާ އަށް އިތުރު އަނބިން ހޯދައިދޭންޖެހޭ ކަމަށް އައްޝައިހް ޒަމްޒަމް ފާރިޝް ބުނުމުން ހޫނު ބަހުސަކަށް ގޮސް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެއްޖެއެވެ.

އެގޮތުން ފާރިޝް ކުރި ޓްވީޓެއްގައި ބުނީ އިތުރު މީހަކާ ނީންދެ އަނބިމީހާއާއި ދަރިންނާ އެކީގައި ފިރިމީހާ ހޭދަކުރާ ފަނަރަ ނުވަތަ ވިހި އަހަރަކީ ދެ އަންބަށް އިންނަން އަނބިމީހާ ދެކޮޅު ހަދާތީ އަނބިމީހާގެ އެ ރައުޔަށް އިޙްތިރާމު ކުރުމުގެ ގޮތުން ފިރިމީހާވާ ޤުރުބާނީއެއް ކަމުގައެވެ.

އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ފިރިމީހާ އަނބިމީހާއަށް ޓަކައިވި ޤުރުބާނީގެ އަގު ވަޒަންކުރުމާއި، އޭނާގެ ކެތްތެރިކަމަށް ޓަކައި، އަދި ޢަދުލު އިންޞާފާއި ހަމަހަމަ ކަމުގެ ގޮތުން ދެން ބާކީ އޮތް ވިހި ނުވަތަ ފަނަރަ އަހަރު ކެތްތެރިކަމާ އެކު ފިރިމީހާގެ ރައުޔަށް އިޙްތިރާމު ކުރުމަކީ އަނބިމީހާއަށް އެންމެ މޮޅު އިތުރު ގޮތް ކަމަށާއި، އޭގައި ވެސް އެންމެ ރަނގަޅީ ފިރިމީހާއަށް ގުޅޭ މިޒާޖެއްގެ ވެރި ފަރާތެއް އަނބިމީހާ އިސްވެ ހޯދައިދިނުން ކަމުގައި އޭނާ ބުނެފައިވެއެވެ.

ޒަމްޒަމް ފާރިޝްގެ ޓްވީޓަށް ރައްދުދީފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން އަނބިމީހާ ގަބޫލު ނުވުމުން ކައިވެންޏެއް ނުކޮށް ހުރުން އެއީ ފިރިމީހާވާ ގުރުބާނީއެއް ނޫން ކަމުގައެވެ. ނަމަވެސް ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން މަސައްކަތް ފެށުމުން ދެން އާއިލާގެ ގުޅުމަށް އަންނަ ބަދަލުތަކާއި، ޖެހޭ މައްސަލަތަކާއި އެކު ވެސް ދަރިން ގޮވައިގެން އަނބިމީހާ އެ ދިރިއުޅުން ކުރިއަށް ގެންދަން ކުރާ މަސައްކަތަކީ މާބޮޑު ގުރުބާނީއެއް ކަމުގައެވެ.

އެހެންމީހަކު ބުނެފައި ވަނީ އެންމެ ފުރަތަމަވެސް ދެއަންބައް އިނުމަށެވެ. ކޮން 15 އަހަރު ދުވަހެއްގެ ގުރުބާނީއެއްގެ ވާހަކަތޯ ސުވާލު އުފައްދަމުން އޭނާ ބުނެފައި ވަނީ ފަގީރު ހާލުގައި އަލަތު އަނބިމީހާއާއެކު އުޅެ އެ އަނބިމީހާގެ މިންނެތް މަސައްކަތުން ތަަނަވަސްކަން އަތްމަތިވުމުން ދުވެގޮސް އެ ހުރިހާ އެއްޗެއް އެހެން މީހަކަށް ހަރަދުކޮށް ހުސްކޮށްލުމުން ރަނގަޅު ކަމުގައެވެ.

އިތުރުމީހަކު ވަނީ އަބަދު ދެއަންބަށް ނީނދެވިގެން އެކަމާ ވަކާލާތުނުކޮށް ފުރަތަަމަ އަނބިމީހާ އަށް ދޭންޖެހޭ ޚިދުމަތާއި އިހުތިރާމް ދިނުމާއިމެދު ވަކާލާތު ކުރުމަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް