އެމްއެންޕީގެ އަމާޒު ވަރަށް ސާފު، އެއީ އެމްޑީޕީއާއި ޕީޕީއެމްގެ ކެނޑިޑޭޓުން ބަލިކޮށް އިންތިޚާބު ކާމިޔާބުކުރުން: ރިޔާޒު

އެމްއެންޕީގެ އަމާޒު ވަރަށް ސާފުކަމަށާއި އެއީ އެމްޑީޕީއާއި ޕީޕީއެމްގެ ކެނޑިޑޭޓުން ބަލިކޮށް އިންތިޚާބު ކާމިޔާބުކުރުން ކަމަށް އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅ...

30 Jan 2022 | 06:05

އެމްއެންޕީގެ އަމާޒު ވަރަށް ސާފުކަމަށާއި އެއީ އެމްޑީޕީއާއި ޕީޕީއެމްގެ ކެނޑިޑޭޓުން ބަލިކޮށް އިންތިޚާބު ކާމިޔާބުކުރުން ކަމަށް އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްއެންޕީން މަސައްކަތްކުރަނީ އިދިކޮޅު ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދިނުމަށްކަމަށް އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވުމުން އެއަށް ރައްދު ދެއްވައެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޟް ވިދާޅުވީ އެމްއެންޕީގެ އަމާޒަކީ ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރުން ކަމަށެވެ. އަދި އެޕާޓީން ވަކާލަތުކުރަނީ ރައްޔިތުންނަށް ހައްގުމިންވަރު ހޯދައިދިނުމަށް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީ ނުވަތަ ޕީޕީއެމް ނޫންގޮތެއް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުން ކަމަށް ވެސް ރިޔާޟް ވިދާޅުވިއެވެ.

މަރޮށީގައި ރޭ ބޭއްވި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނާއިބު ރައީސް ޝިފާޒް ވިދާޅުވީ، އެމްއެންޕީއަކީ ސަރުކާރަށް އަބަދު ވެސް ތާޢީދުކުރާ ބައެއް ކަމަށާއި ނަމަވެސް މި ބައި އިލެކްޝަންގައި ވާދަކުރަން އެޕާޓީއަށް ކެނޑިޑޭޓެއް ލިބުމާއެކު އެޕާޓީއަށް ސަރުކާރު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށެވެ.

ސަރުކާރުގެ ރަނގަޅު އެއްވެސް ސިފައެއް މިހާރު އެމްއެންޕީއަށް ނުފެންނަކަމަށާއި އިންތިޚާބު ކައިރިވަމުންދާވަރަކަށް އެމްއެންޕީން ކުރަމުންދާ ކަންކަން ސާފުވާކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.

"އެމްއެންޕީން އުޅޭނީ އެމްޑީޕީން ގެންނަ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި އުއްމީދުތައް ފުނޑުފުނޑުކޮށްލުމަށް. ކުރީ ސަރުކާރަކީ ރައްޔިތުންނަށް ވަރަށް އަނިޔާވެރިވި ސަރުކާރެއް. އެތައް ބަޔަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި މިހާރުގެ އެމްއެންޕީގެ ބޭފުޅުންވެސް ހިމެނުނު." ޝިފާޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް