މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އަނިޔާ ލިބޭތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފި

އިއްޔެ މާލޭގައި އިދިކޮޅު ކޯލިޝަކުން ކުރި މުޒާހަރާގެ ތެރެއިން ނޫސްވެރިއަކަށް އަނިޔާވެ އެހެން ނޫސްވެރިއެއްގެ ގަޔަށް ޕެޕާ ސްޕްރޭޖެހި މައްސަލައިގަ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ މޯލްޑިވް...

30 Jan 2021 | 12:04

އިއްޔެ މާލޭގައި އިދިކޮޅު ކޯލިޝަކުން ކުރި މުޒާހަރާގެ ތެރެއިން ނޫސްވެރިއަކަށް އަނިޔާވެ އެހެން ނޫސްވެރިއެއްގެ ގަޔަށް ޕެޕާ ސްޕްރޭޖެހި މައްސަލައިގަ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަނިޔާވެފައިވަނީ މުޒާހަރާ ކަވަރު ކުރަން އުޅުނު ޗެނަލް 13 ގެ ނޫސްވެރިއަކަށެވެ. ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވަނީ އަނިޔާވި ޗެނަލް 13 ގެ ނޫސްވެރިޔާއަށް އެހީވާން ދިޔަ ނޫސްވެރިއެއްގެ ގަޔަށެވެ.

އެމްޖޭއޭއިން ބުނީ ޗެނަލް 13 ގެ ނޫސްވެރިޔާއަށް އަނިޔާވެފައިވަނީ ފުލުހުންގެ ސަފުގައި ޖެހި ވެއްޓިގެން ކަމަށާއި ކަން ހިނގާދިޔަ ގޮތް އެ ޗެނަލުން ޖަމިއްޔާ އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެމްޖޭއޭއިން ބުނީ މިފަދަ ކަންކަމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ފުލުހުންގެ ކިބައިން އެދެނީ ހުރިހާ ނޫސްވެރިންނަށް އެއް އިރުޝާދުތަކެއް ދިނުމާއި ނޫސްވެރިންގެ ކަންކަން ބެލުމަށް ފުލުސް މީޑިއާ އެތަނުގައި ތިބުމެވެ.

މީގެ އިތުރުން މުޒާހަރާއާ ވީ އެންމެ ކައިރިއަކުން މުޒާހަރާގެ ހަރަކާތްތައް ކަވަރުކޮށް މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ފުލުހުންނަށް ގޮވާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް