އަދާލަތުގެ ރިޔާސީ އިންތިހާބަށް ރައީސް ނަޝީދުގެ ތައުރީފު!

މިއަދު ކުރިޔަށް ގެންދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ. މިއަދު އަދާލަތުން ބާއްވަނީ އަންހެނުންނަށް ވާދަ ކުރުމުގެ ފުރުސަތު...

30 Jan 2021 | 11:48

މިއަދު ކުރިޔަށް ގެންދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

މިއަދު އަދާލަތުން ބާއްވަނީ އަންހެނުންނަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލެވުނު އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބެވެ. އެކަމަކު މި އިންތިހާބުގައި އަންހެނަކު ވާދައެއް ނުކުރެ އެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދަނީ މިއަދު ހެނދުނު 8:00 ން މިރޭ 9:00 އަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެޔޮގޮތުގައި ގައުމެއް ހިންގުމުގެ އެންމެ މުހިންމު މުއައްސަސާއަކީ އިންތިޒާމް ވެގެން ހިންގާ ސުލްވެހި ސިޔާސީ ހަރަކާތް ކަމަށެވެ. ނަޝީދުގެ ޓުވީޓުގައި ވަނީ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ދެއްވާ ޕާޓީގެ ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާފައި އެވެ.

https://twitter.com/MohamedNasheed/status/1355469674218201091

އަދާލަތުގެ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. މިނިސްޓަރު އިމްރާންގެ ރަނިން މޭޓަކަށް އަހުމަދު ޝަރީފު ހަމަޖައްސަވާފައިވާއިރު މިނިސްޓަރު ޑރ. ޒާހިރުުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އަހުމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް