ގަން މުކުރިމަގު ބަނދަރު އަލުން ފުން ކުރަން ފަށައިފި

ލ. ގަން މުކުރިމަގު ބަނދަރު އަލުން ފުން ކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ. މި މާޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއު ފެށުމުގެ ގޮތުން...

30 Jan 2021 | 09:54

ލ. ގަން މުކުރިމަގު ބަނދަރު އަލުން ފުން ކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.

މި މާޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއު ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށް މިއަދު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއު އެއްކޮށް ނިމޭއިރުމި 5،454 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ވަންނަން އޮންނަ ނެރު އަލުން ފުންކުރާނެ އެވެ. އަދި 1،938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 89.8 މިލިއަން ރުފިޔާ އަށެވެ،

މި މަސައްކަތް45 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް