ކުރިޔަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގެންދިއުމަށް ކުރިޔަށްގެންދާ ފަރިތަކުރުންތައް ފަށައިފި އެވެ.
މި ފަރިތަކުރުންތައް އަދި ފަށާފައިވަނީ އީސީގެ މުވައްޒަފުންގެ މެދުގައި އެވެ. އީސީން މިއަދު ޓުވިޓާގައި ބުނީ މި ފަރިތަކުރުންތަކުގައި ގައިދުރުކަމުގައި އިންތިހާބު ބާއްވަން ހޭދަވާނެ ވަގުތު އަންދާޒާ ކުރަމުންދާ ކަމަށެވެ. މި ފަރިތަކުރުން ކުރިޔަށްދާއިރު އިންތިހާބެއްގައި ވޯޓުލުމުގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާއެއް ކުޅެމުންދާނެ ކަމަށް ބުނެ އެވެ.
މި ފަރިތަކުން ކުރިޔަށް ގެންދަނީ އިންތިހާބާިއ ބެހޭ މައި މަރުކަޒު ބާ ޖަމާލުއްދީން ސްކޫލްގައި އެވެ.
https://twitter.com/ElectionsMv/status/1355420814557016064
ކުރިޔަށް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އީސީން ރަސްމީކޮށް އިއްޔެ ވަނީ ފަށާފައި އެވެ. އަދި އިންތިހާބާއި ގުޅޭ ޝަކުވާ އާއި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައި އެވެ.
އީސީން ވަނީ އިންތިހާބުގެ ކުރިން ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކޮށް އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އައިޑީކާޑު ހައްދައި ނިންމުމަށް އިލްތިމާސްކޮށްފައި އެވެ. އަދި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހު ބަންދުވާނެ ކަމަށް ބުނެ އެވެ.
މި އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން އިއްޔެ ވަނީ ސަސްޕެންޑުވެފައި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް