އިންތިހާބާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ގުޅޭ ޝަކުވާ އާއި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ. އިލެކްޝަންސް ކ...

30 Jan 2021 | 08:17

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ގުޅޭ ޝަކުވާ އާއި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބާއި ބެހޭ ގާނޫނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ގަވައިދާއި ހިލާފަށް ކުރާ ކަންކަމާއި ގުޅޭގޮތުން އެކޮމިޝަނަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި އިންތިހާބާއި ގުޅޭގޮތުން ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އީސީއަށް ޝަކުވާ ހުށަހަޅަން ޖެހެނީ "ޝަކުވާ/ މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް އޮންލައިންކޮށެވެ.

އީސީން ބުނީ މި ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. ފޯމު އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތް ރަސްމީކޮށް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައި އެވެ.

އީސީން ވަނީ އިންތިހާބުގެ ކުރިން ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކޮށް އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އައިޑީކާޑު ހައްދައި ނިންމުމަށް އިލްތިމާސްކޮށްފައި އެވެ. އަދި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހު ބަންދުވާނެ ކަމަށް ބުނެ އެވެ.

މި އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓުން އިއްޔެ ވަނީ ސަސްޕެންޑުވެފައި އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް