ކޯވިޑް އިތުރުވާތީ މާލޭ ޕާކުތައް ހުޅުވާފައި ހުންނަ ވަގުތު މިއަދުން ފެށިގެން ކުޑަކޮށްފި

މާލެ ސަރަހައްދުގައި ކޯވިޑް-19 ކޭސްތައް އިތުރުވާތީ މާލޭ ސިޓީގެ ޕާކުތައް ހުޅުވާފައި ހުންނަ ވަގުތު ކުޑަކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ މިއަދުން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާ...

30 Jan 2021 | 07:56

މާލެ ސަރަހައްދުގައި ކޯވިޑް-19 ކޭސްތައް އިތުރުވާތީ މާލޭ ސިޓީގެ ޕާކުތައް ހުޅުވާފައި ހުންނަ ވަގުތު ކުޑަކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ މިއަދުން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ގަޑިއަށް ބަދަލު ގެންނާށެވެ. އެގޮތުން އެ ދެ ޕާކު ހެނދުނާއި ހަވީރު ހުޅުވާ ވަގުތައް ވަނީ ބަދަލު ގެނެސްފައި އެވެ.

މިއަދުން ފެށިގެން ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހެނދުނު ހުޅުވުމަށް ހަމަޖެހިފައިވަނީ ފަތިހު 5:00 ން ހެނދުނު 8:00 އަށެވެ. އަދި ހަވީރު 5:00 ން ރޭގަނޑު 8:00 އަށެވެ.

މީގެ ކުރިން އެ ދެ ޕާކު ހުޅުވާފައި ހުންނަނީ ފަތިހު 4:30 ން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 ރޭގަނޑު 9:30 އަށެވެ.

ލޮނުޒިޔާރަތް ޕާކު ހުޅުވީ އެތަން ހަނދާ ނިންމުމަށް ފަހު ކޯވިޑާއި ގުޅިގެން ނުހުޅުވާ ފަސް ކުރުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

ސަލްޓަން ޕާކު ހުޅުވީ ކޯވިޑާއި ގުޅިގެން ބަންދު ކުރުމަށް ފަހު މިދިޔަ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ.

ކޯވިޑް-19 އާއި ގުޅިގެން މި ޕާކުތަކަށް މީހުން ވައްދަނީ ހުރިހާ އެންމެންގެ ފިނިހޫނުމިން ބަލައި ސަލާމަތައްޓަކައި އަތް ދަބަސް ފާސްކުރުމަށް ފަހު އެވެ. އަދި ޕާކު ތެރޭގައި ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް