ޝެއިހް އިމްރާން ޕާޓީގެ އިންތިހާބުގައި ވޯޓު ލައްވައިފި

މިހާރު ކުރިޔަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ވާދަ ކުރައްވާ ޝެއިހް އިމްރާން އަބްދުﷲ ވޯޓު ލައްވައިފި އެވެ. އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ކުރިޔަށް ގެންދާ އިންތިހ...

30 Jan 2021 | 07:19

މިހާރު ކުރިޔަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް ވާދަ ކުރައްވާ ޝެއިހް އިމްރާން އަބްދުﷲ ވޯޓު ލައްވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ކުރިޔަށް ގެންދާ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ މިއަދު ހެނދުނު8:00 ން ހަވީރު5:00 އަށެވެ. ވޯޓުލުން ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ.

ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުުވީ މިއަދު ކުރިޔަށްދާ އިންތިހާބުގައި އޭނާ ވޯޓުލާފައިވާ ކަމަށެވެ. އިމްރާން ވިދާޅުވީ އިންތިހާބުގައި އެ ޕާޓީގެ ހުރިހާ މެމްބަރުން ވޯޓުލައި ކުރިޔަށް އޮތް ފަސް އަހަރަށް ޕާޓީގެ ހިންގުމުގެ ޒިންމާ ހަވާޅު ކުރާނެ މީހަކު ކަނޑައެޅުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

މި އިންތިހާބުގައި އިމްރާންގެ ރަނިންމޭޓަކީ އަހުމަދު ޝަރީފެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބެނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

https://twitter.com/ShimranAb/status/1355364969659813890

ވޯޓްލުމުގައި އެއްވެސް ދައްޗެއް ދިމާވާނަމަ އެ ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅައި ނުވަތަ [email protected]އަށް އީމެއިލް ކުރުމަށް އެ ޕާޓީން އެދެ އެވެ.

މި އިންތިހާބަކީ އެޕާޓީގެ ތާރީހުގައި އަންހެނުންނަށް ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭގޮތަށް އިންތިހާބަށް ފުރުސަތު ހުޅުވާލި ފުރަތަމަ އިންތިހާބެވެ. އެކަމަކު އިންތިހާބުގައި ވާދަ ކުރަން އެއްވެސް އަންހެނަކު ފޯމު ހުށަހަޅާފައެއް ނުވެ އެވެ.

މި އިންތިހާބުގައި އިމްރާނާއި ވާދަ ކުރައްވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ޑރ. ޒާހިރުގެ ރަނިން މޭޓަކީ އަހުމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް