އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދަނީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިިހާބުގެ ވޯޓުލުން ފަށައިގެން ކުރިޔަށް އެބަދެ އެވެ. މި އިންތިހާބަކީ ތިން ވަނަ ދައުރަކަށް އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ހޮވުމަށް ބާއްވާ އިން...

30 Jan 2021 | 05:56

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިިހާބުގެ ވޯޓުލުން ފަށައިގެން ކުރިޔަށް އެބަދެ އެވެ.

މި އިންތިހާބަކީ ތިން ވަނަ ދައުރަކަށް އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދަނީ މިއަދު ހެނދުނު 8:00 ން ހަވީރު 5:00 އަށެވެ. ވޯޓުލުން ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ.

ވޯޓްލުމުގައި އެއްވެސް ދައްޗެއް ދިމާވާނަމަ އެ ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅައި ނުވަތަ [email protected]އަށް އީމެއިލް ކުރުމަށް އެ ޕާޓީން އެދެ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބެނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބަކީ އެޕާޓީގެ ތާރީހުގައި އަންހެނުންނަށް ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލެވޭގޮތަށް އިންތިހާބަށް ފުރުސަތު ހުޅުވާލި ފުރަތަމަ އިންތިހާބެވެ. އެކަމަކު އިންތިހާބުގައި ވާދަ ކުރަން އެއްވެސް އަންހެނަކު ފޯމު ހުށަހަޅާފައެއް ނުވެ އެވެ.

އަދާލަތުގެ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. މިނިސްޓަރު އިމްރާންގެ ރަނިން މޭޓަކަށް އަހުމަދު ޝަރީފު ހަމަޖައްސަވާފައިވާއިރު މިނިސްޓަރު ޑރ. ޒާހިރުުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އަހުމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް