ބޮލީވުޑްގެ ކިންގް ޝާރުކް ހާން އެންމެ ފަހުން ސްކީރުން ފެނުނީ 2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޒީރޯ" އިންނެވެ.
އެ ފިލްމު ވެގެން ދިޔައީ މި ފަހުގެ ތާރީހެއްގައި ޝާރުކްގެ އެންމެ ބޮޑު ފްލޮޕަށެވެ. އެންމެ ހައިރާންކުރުވަނިވި ކަމަކީ އެ ފިލްމަށް ފަހު ޝާރުކް އިތުރު ފިލްމަކުން ފެނިފައިނުވާއިރު މިހާ ބޮޑު ބްރޭކެއް ނެގި ސަބަބު ނޭނގޭތީ އެވެ.
ޝާރުކަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބާއި ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފެށުމުން ދާދި ފަހުން ބުނެފައިވަނީ 1990 ގެ އަހަރުތަކުގައި އޭނާގެ ފިލްމެއް ފްލޮޕްވުމުން ބުނެފައިވާ ގޮތަށް ފްލޮޕަކާއި ޖެހި ފްލޮޕެއް އައިސް އެއްފަހަރުން ކެރިއަރު ހުއްޓުނަ ނުދޭނެ ކަމަށެވެ. ޝާރުކް ބުނީ ފިލްމެއް ފްލޮޕް ވެއްޖެ ނަމަ އަލުން އެހެން ފިލްމަކަށް ސޮއި ކުރާނީ ނުވަތަ ފިލްމެއް ހިޔާރު ކުރާނީ ވަރަށް ރަނގަޅަށް ވިސްނައި ފްލޮޕް ނުވާނެވަރުގެ ފިލްމެއްކަން ޔަގީން ވުމުން ކަމަށެވެ.
ޝާރުކް ބުނީ ފިލްމެއް ފްލޮޕްވެގެން އޭނާ ނުކައި ނުބޮއެ ނުނިދާ އެކަމާ ވިސްނަން އެއްވެސް އިރެއްގައި ނޯންނަ ކަމަށެވެ. އެކަމަކު އަބަދުވެސް ނާކާމިޔާބާއި ކުރިމަތިލާން ޖެހިއްޖެ ނަމަ އާންމުންނާއި ސަޕޯޓަރުންގެ ކުރިމައްޗަށް އެނބުރި ނުކުންނާނެ ގޮތަކާއި މެދު ވިސްނާ ކަމަށް ބުންޏެވެ.
ޝާރުކް ބުނީ ފިލްމު "ޒީރޯ" އަށް ފަހު 20 ވަރަކަށް ފިލްމުގެ ވާހަކަ ލިބުނު ކަމަށެވެ. އެކަމަކު އޭގެ ތެރެއިން އޭނާ ގަޔާވާ ކަހަލަ އޮތީ ދެތިން ވާހަކަ ކަމަށް ބުނެފައިވެ އެވެ.
ޝާރުކް ބުނީ މިވަގުތު އެންމެ އިސްކަން ދެނީ އާއިލާއަށް ކަމަށެވެ. އޭރުން ފަހުން ރަނގަޅު ފިލްމެއް ގަބޫލުކޮށް މަސައްކަތް ފަށާއިރު "ޒީރޯ" އިން ލިބުނު ނާކާމިޔާބު ހަނދާނެތޭނެ ކަމަށް ބުނެފައިވެ އެވެ.
ފިލްމު "ޒީރޯ" ގެ ފަހުން ފިލްމަކަށް ސޮއި ކުރިކަން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ރިޕޯޓީތައް ބުނާގޮތުގައި ފިލްމު "ޕަތާން" ގައި ޝާރުކް ފެނިގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް