ޤަބުރުސްތާނަށް ޒިޔާރަތްކުރާއިރު ކިޔާ ދުޢާ

عَنْ سُلَيْمَانَ بْنِ بُرَيْدَةَ عَنْ أَبِيهِ قَالَ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ فَكَانَ قَائِلُهُمْ يَقُولُ ” السَّلاَمُ عَلَى أَهْلِ الد...

30 Jan 2021 | 05:35

عَنْ سُلَيْمَانَ بْنِ بُرَيْدَةَ عَنْ أَبِيهِ قَالَ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ فَكَانَ قَائِلُهُمْ يَقُولُ ” السَّلاَمُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ.” ( رواه مسلم )

މާނަ : ސުލައިމާން ބިން ބުރައިދާ ރަޟިޔަﷲ ޢަންހުމާ ، އެކަލޭގެފާނުގެ ބައްޕަ (ބުރައިދާ ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެބޭކަލުންނަށް (އެބަހީ: ޞަޙާބީންނަށް)  ޤަބުރަށް ޒިޔާރަތްކުރާއިރު މިފަދައިން ކިޔުމަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އުނގަންނަވައި ދެއްވާފައިވެއެވެ.

ދުޢާ: ” السَّلاَمُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلاَحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ.”

ދުޢާ ގެ މާނަ: “އޭ މުޢުމިނުންނާއި މުސްލިމުންގެ ތެރެއިން މިޤަބުރުތަކުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމަތްކަންހުއްޓެވެ. އަދި ހަމަކަށަވަރުން އަހުރެމެންނީ ﷲ އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންނާ ބައްދަލުވާނޭ މީހުންނެވެ. ﷲގެ ޙަޟްރަތުން އަހަރެމެންނަށާއި ތިޔަބައިމީހުންނަށް ޢާފިޔަތު ދެއްވުމަށް އެދި ދަންނަވަމެވެ.”

މި ނޫން ލަފްޡުތަކުންވެސް މި ދުޢާ ޘާބިތުވާން އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް