ބަންގީގެ އަޑަކީ ދުނިޔެމަތީގައި އިވޭ އެންމެ ރީތި އެއް އަޑު ކަމުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރ މޯގަން ފްރީމަން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ "ނޭޝަނަލް ޖިއޮގްރަފީ" ގައި މޯގަން ހަދަމުންދާ ޑޮކިއުމެންޓްރީއެއްގެ ތެރެއިންނެވެ.
މޯގަން ހަދަމުން މިދާ ޑޮކިއުމެންޓްރީ އަކީ ތަފާތު ދީންތަކާއި އެމީސް މީހުންގެ އާދަކާދަތައް ދިރާސާ ކުރުމާ ގުޅޭ ގޮތުން ތައްޔާރުކުރަމުންދާ ޑޮކިއުމެންޓްރީއެކެވެ.
https://youtu.be/JO1P2LWmxHo
އެގޮތުން ނެޝަނަލް ޖިއޮގްރަފީގެ އެއް އެޕިސޯޑްގައި މުސްލިމަކާ ވާހަކަ ދައްކަމުން މޯގަން ބުނެފައިވަނީ ބަންގީގެ އަޑަކީ އޭނާއަށް ދުނިޔެމަތީގައި މިހާތަނަށް އިވުނު އެންމެ ރީތި އަޑު ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް