ރަސްދޫ ޓީޗަރަކު މޫނު ބުރުގާ ނުނެގުމުން ވަޒީފާއިން ވަކި ކޮށްފި

އއ ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކު މޫނުބުރުގާ ނަގަން އެންގުމުން އެކަމަށް އިންކާރު ކުރުމުން ވަޒީފާއިން ވަކުކޮށްފި އެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއް...

30 Jan 2017 | 15:59

އއ ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކު މޫނުބުރުގާ ނަގަން އެންގުމުން އެކަމަށް އިންކާރު ކުރުމުން ވަޒީފާއިން ވަކުކޮށްފި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ މަރުކަޒުގެ ޕްރިންސިޕަލް އަލީ ނައީމް ވިދާޅުވެފައިވަނީ އެ ސްކޫލުގައި ޤުރުއާން ކިޔަވައިދެމުން އަންނަ ޓީޗަރެއްގެ ކޮންޓްރެކްޓް މިއަދުން ފެށިގެން ބާތިލުކޮށް ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އޭނާ ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސްގެ ގަވާއިދުގައިވާގޮތަށް ހެދުން އެޅުމަށް އަންގައި އެގޮތަށް އަމަލު ނުކުރުމުން ކަމުގައި ޕްރިންސިޕަލް ވިދާޅުވެފައި ވެ އެވެ.

ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް ބަޔާން ކުރާ ޗެޕްޓާ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް