ބީއެމްއެލް އަށްބޮޑު ފައިދާއެއްލިބި2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ދީފި

ހަރުދަނާ ފަހު ކުއާޓަރއަކާ އެކު 2016 ވަނަ އަހަރު ނިންމާލުމަށްފަހު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތް ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ ކަމުގެ ޔަގީންކަ...

30 Jan 2017 | 08:24

ހަރުދަނާ ފަހު ކުއާޓަރއަކާ އެކު 2016 ވަނަ އަހަރު ނިންމާލުމަށްފަހު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތް ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސްއިން ދީފިއެވެ.

ީއެމްއެލް އިން ހާމަކޮށްފައިވާގޮތުގައި 2016  ވަނަ އަހަރުގެ ފަހު ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 281.8 މިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 53 އިންސައްތައިގެ ކުރިއެރުމެކެވެ. މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނުދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ ރަނގަޅު މިންވަރެއްގައި ހިފަހެއްޓިފައެވެ. އޮޑިޓް ނުކުރާ މާލީ ބަޔާންތަކުން ދައްކާ ގޮތުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ މިދިޔަ އަހަރު ބޭންކަށްވަނީ ލިބިފައެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 56 އިންސައްތައިގެ ކުރިއެރުމެކެވެ. މި ނަތީޖާ އާ އެކު މިދިޔަ އަހަރަކީބޭންކުގެ ތާރީޚުގައި މިހާތަނަށް އެންމެ ފައިދާވި އަހަރެވެ.

ބޭންކަށް ލިބޭ ފައިދާ އަނބުރާ ދިވެހި މުޖުތަމަޢަށް އިންވެސްޓްކުރަމުންދާކަމަށް އަލިއަޅުވާލަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ  2016 ވަނަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާ އަދި ޚާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރެވުމަކީ އަޅުގަނޑުމެންގެ ޚިދުމަތް ފޯރުކޮށްދެމުންދާ މުޖުތަމައުއަށް އިންވެސްޓްކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި ކުރިން ހާމަކުރިފަދައިން2017 ވަނަ އަހަރު އަޅުގަނޑުމެން 300 މިލިއަން ރުފިޔާ (20 މިލިއަން ޑޮލަރު)އިންވެސްޓް ކުރާނެ ކަމަށެވެ. މިއިންވެސްޓްމަންޓްގައި ހިމެނޭ   10ސީއެސްއާރު ޕްރޮޖެކްޓާއި، ބޭންކުގެ ބްރާންޗްތައްއިތުރުކުރުމާއި، ބިޒްނަސް ސެންޓަރ އަދި އޭޓީއެމް ނެޓްވޯކްފުޅާކުރުމުގެ ފައިދާ މަދުވެގެން 22 ރަށަކަށް ލިބިގެންދާނެ.މި އާއެކު150 އާ ވަޒީފާ އުފެދިގެންދާނެ ކަމުގައި ސީއީއޯ ވިދާޅުވި އެވެ.

"ބޭންކުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ތައުރީފްކުރައްވަމުން އެންޑްރޫ އިތުރަށް ވިދާޅުވީ ”ބޭންކަށް ރަނގަޅު ފައިދާއެއް ލިބުނު އަހަރެއް ނިންމާލުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ހީވާގި ބުރަ މަސައްކަތްތައް ފާހަގަކޮށް، މިފުރުސަތުގައި އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަން. މިދިޔަ އަހަރަކީ ބުރަ އަހަރެއް ނަމަވެސް އަޅުގަނޑުމެންގެ ޓީމުން ވަނީ ވަރުބަލިކަމެއް ނެތި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދީފައި. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން އަދި ކުރިޔަށް އޮތްތާނގައިވެސް އެންމެން އެކުގައި މަސައްކަތްކޮށް ވިސްނުންތެރިކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަރުވައި، ހިއްސާދާރުންގެ އުއްމީދުތައް ހާސިލްކޮށްދޭނެކަމުގެ ޔަގީންކަން ދެން."  ސީއީއޯ ވިދާޅުވި އެވެ.

ފަހު ބަހެއްގެ ގޮތުން އެންޑްރޫވަނީ 2017 ވަނަ އަހަރަކީ ގޮންޖެހުންތަކާ ކުރިމަތިވެދާނެ އަހަރެއްކަމަށް ލަފާކުރައްވާފައެވެ. "އަޅުގަނޑުމެން މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމާއެކުބޭންކުގެ ޚަރަދުތައް ބޮޑުވެ،އަދި އިންޓްރެސްޓް ރޭޓްތައްވެސް ކުޑަކޮށްފައިވާތީވެ2017 ވަނަ އަހަރުގެ ފައިދާ ކުޑަ ވެދާނެކަމަށް ލަފާކުރެވޭ. ނަމަވެސްއަޅުގަނޑު އުއްމީދުކުރަނީ މިހާރު އެކުލަވާލާފައިވާ ވަރުގަދަ ޓީމާ އެކު ބޭންކުގެ ވިޔަފާރި ކުރިއަރައި، ކަސްޓަމަރުންގެ އަދަދު އިތުރުވެ މިއަހަރަކީވެސް  ބޭންކަށް ރަނގަޅު އަހަރަކަށްވާނެކަމަށް" އެންޑްރޫ ވިދާޅުވިއެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާގޮތުގައި މުޅިރާއްޖެހިމެނޭބޭންކިންގވިއުގަޔަކާއެކު20 އަތޮޅުގައި 31ބްރާންޗް،78އޭޓީއެމް،4000ޕީއޯއެސްމަރޗަންޓުން،190ކޭޝް އޭޖެންޓުން،19ސެލްފްސަރވިސްބޭންކިންގސެންޓަރއަދި5 ދޯނިބޭންކިންގޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް