މި ރެސްޓޯރެންޓަށް ހަވީރު ހައެއްގެ ފަހުން ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭ

ސްޕެއިންގެ މެޑްރިޑްގައި ދާދިފަހުން ހުޅުވި ރޮބިން ހޫޑް ރެސްޓޯރެންޓަކީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް ކަސްޓަމަރުންނަށް ހިދުމަތްދޭ ތަނެކެވެ. އުމުރުން 80 އަހަރުގެ ކެތޮލިކް ހިންގާ އަގު ބޮޑު މި ރެސްޓޯރެންޓުނ...

30 Jan 2017 | 03:31

ސްޕެއިންގެ މެޑްރިޑްގައި ދާދިފަހުން ހުޅުވި ރޮބިން ހޫޑް ރެސްޓޯރެންޓަކީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް ކަސްޓަމަރުންނަށް ހިދުމަތްދޭ ތަނެކެވެ.

އުމުރުން 80 އަހަރުގެ ކެތޮލިކް ހިންގާ އަގު ބޮޑު މި ރެސްޓޯރެންޓުން ކާލެވެނީ މުއްސަނދިންނަށެވެ. މެދު ފަންތީގެ މީހުން ވަރަށް ނުވަންނަ ކަމަށްވެ އެވެ. އެކަމަކު މުއްސަނދިންނަށް އެ ރެސްޓޯރެންޓުން ހިދުމަތް ދެނީ ހަވީރު ހައެއް ޖަހަންދެންނެވެ. ހައެއް ޖެހުމުން އެމީހުން ނުކުންނަން ޖެހެ އެވެ.

އެމީހުންނަށް ހިދުމަތް ދެނީ ހަމައެކަނި ހެނދުނާއި މެންދުރުގެ ކެއުމެވެ. ރޭގަނޑު ހިދުމަތް ދެނީ ފަގީރު މަގުމަތީގައި އުޅޭ ގެދޮރު ނެތް މީހުންނަށެވެ.

އެމީހުންނަށް ހިދުމަތް ދިނުމުގައި މުއްސަނދިންނަށް ދޭ ހިދުމަތްތަކާއި ކާއެއްޗެހީގައި އެއްވެސް ތަފާތެއް ނުހުރެ އެވެ. މަރުހަބާ ކިޔަން ރެސްޓޯރެކްޓުގެ މުވައްޒަފުން ތިބެ އެވެ. ކާއެއްޗެހީގެ ގޮތުގައި ދެނީ މުއްސަނދިން ކާއެއްޗެހި ހިލޭ އެވެ.

އެ ރެސްޓޯރެންޓުގެ ވެރިއާ ކެތޮލިކް ބުނެފައިވަނީ އޭނާ ބޭނުންވަނީ ފަގީރު ގެދޮރު ނެތް މީހުންނަށްވެސް އެހެން މީހުންނެކޭ އެއްގޮތަށް ހިދުމަތް ދޭން ކަމަށެވެ. އަދި އެތަނުން ކާންދޭއިރު އެމީހުންނަށް ގެންދަނީ ބިއްލޫރި ތަށި ކަމަށާއި ޕްލާސްޓިކް ތަށި ނޫން ކަމަށެވެ.

ކާއެއްޗެހި އެކަންޏެއް ނޫނެވެ. އެތަނަށް ކާންދާ ފަގީރުންނަށް ހިލޭ އިންޓަނެޓާއި ހިލޭ ފޯން ކޯލްވެސް ކުރެވެ އެވެ. އަދި އެމީހުންގެ މުނިފޫހިފިލުވައިދޭން ބޭނުންވާ ފަރާތްތަކަށް މިއުޒިކާއި ލަވަ ހުށަހަޅައިދިނުުގެ ފުރުސަތުވެސް އެ ރެސްޓޯރެންޓުން އޮންނަނީ ހުޅުވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް