މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުނިކުމެވޭގޮތަށް ހެދުން އެއީ 100% މުސްލިމް ގައުމެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ އިޔާޒް މިހެން ވިދާޅުވެފައިމިވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދެމުން ދިޔަ އއ މަތިވެރި ސްކޫލުގެ ޓީޗަރަކު އެއީ ކާކުކަން އެނގޭގޮތަށް ވަޒީފާއަށް ނިކުތުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނިކޮށެވެ.
ޑރ. އިޔާޒް ވިދާޅުވެފައިވަނީ އައުރަ ނިވާ ނުވާ ވަރުގެ ހެދުން ބުރި ލައިގެން ސްކޫލަށް ކިޔަވައިދޭން ދެވޭއިރު، މޫނު ބުރުގާ އަޅައިގެން ނިވާ ވެގެން ހުރީތީ ވަޒީފާއަށް ނުނިކުމެވޭގޮތަށް ހެދުން އެއީ 100% މުސްލިމް ގައުމެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އއ މަތިވެރި ސްކޫލުގެ ޕްރައިމަރީ ޓީޗަރު އާއިޝަތު ޝުޒީއަށް މި އެންގުން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާއިރު އޭނާ ވަނީ ވަޒީފާއަށް ނިކުތުން ހުއްޓާލާފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން މި އެންގުން އަންގާފައިވާއިރު ބުނެފައިވަނީ ހެދުން އަޅަން ވާނީ ކާކުކަން އެނގޭގޮތަށްކަން ސިވިލް ސާވިސްގެ ގަވާއިދުގައި ބުނެފައިވާކަމަށެވެ. އަދި ކާކުކަން އެނގޭގޮތަށް ވަޒީފާއަށް ނިކުތުމަށް ޝުޒީއަށް އެންގުމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް